އަންނަ އަހަރުގެ ފެބުރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ 20 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ، މިސަރުކާރުން އައު 3 ޓާޝަރީ ހޮސްޕިޓަލް ތަރައްޤިކޮށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދެއްވުމަށް ނިންމަވާފައެވެ. އެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 800 މިލިއަން ޑޮލަރު ހޭދަކުރައްވާނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށްކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިކަމާގުޅޭގޮތުން ނިއުދިއްލީގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ މަޝްރޫޢުތަކެއް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ޓާޝަރީ ހޮސްޕިޓަލްތަކާއި، ތިލަފުށީ ވިޔަފާރި ބަނދަރު ފިނޭންސް މިނިސްޓަރ ފާހަގކުރެއްވިއެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދެއްވާ މަޝްރޫޢުތަކުގެ ތެރެއިން އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ނުވަތަ ފެބުރުއަރީ ކުރީކޮޅު ރާއްޖޭގެ 20 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުގައި ޓާޝަރީ ފެންވަރުގެ 3 ހޮސްޕިޓަލް ހެދު މަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ކުރީގެ ސަރުކާރުން މަސައްކަތް ފަށްޓަވާފައިވާ ޓަޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން މިސަރުކާރުން މުޅިން އަލަށް ހައްދަވާ 3 ޓާޝަރީ ހޮސްޕިޓަލްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ޕްރޮޕޯސަލް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާކަމަށާއި، އެއީ ވީހާވެސް އަވަހަށް އެންމެ އިސްކަންދީގެ ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރެވޭނެކަމަށް ވިދާޅުވެފައެވެ.