ޚަބަރު

އެލްޖީއޭގެ ރައީސް އާއި ނައިބްރައީސް ވަކިކޮށްފި


އެލްޖީއޭގެ ރައީސްކަމުން ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އަދި ނައިބު ރައީސް ކަމުން މޫސާ ނަސީރު ވަކިކޮށްފިއެވެ. އެލްޖީއޭގެ ރައިސް އަދި ނާއިބް ރައީސް މަޤާމުން ވަކިކޮށްފައި މިވަނީ މިއަދު ބޭއްވި ބޯޑް ބައްދަލުވުމުގައެވެ. ބޯޑް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ، ނާޒިމާއި މޫސާ ނަސީރުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންކަމަށް، ނުވަ މެމްބަރުން ތިއްބަވާ މި ބޯޑުގައި ހިމެނޭ ހަތަރު މެމްބަރަކު ވަނީ ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގެންފައެވެ. އެހެން ނަމަވެސް އެލްޖީއޭގެ ޤަވާޢިދު ބުނާގޮތުން ފަސްމެމްބަރުން ތިބެގެން ޖަލްސާތަކުގެ ކޯރަމް ހަމަވެ ޖަލްސާ ކުރިއަށް ގެންދެވޭނެއެވެ.އެލްޖީއޭގެ ބޯޑް މެމްބަރު ޝުޖާޢު ހުސައިން ވިދާޅުވީ ، ރައީސް އަދު ނާއިބް ރައީސް މަޤާމުން ވަކި ކުރުމަށް ހުށަހެޅީ ކައުންސިލްތައް ހިންގުމާއި އެހެނިހެން ކަންކަމަށް އެއްބާރުލުން ނުދެއްވާ އެއްވެސް ކަމެއްގެ މަޝްވަރާކުރެއްވުމަށްވެސް ބޮޑަށް ރައީސްގެ އެއްބާރުލުން ލިބެމުން ނުދާތީކަމަށެވެ.ޝުޖާޢު ވިދާޅުވީ މިއަދުގެ ބައްދަލުވުން ކުރިއަށް ދިޔައިރު އެ އޮފީހުގެ އެއްވެސް އިދާރީ މުވައްޒަފުންގެ ފަރާތުން ލިބެންޖެހޭ  އެހީތެރިކަން ލިބިފައި ނުވާކަމަށެވެ.މިކަމާއި ގުޅޭގޮތުން އެލްޖީއޭ އަށް އަދި  ޑިފެންސް މިނިސްޓަރ ނާޒިމް އަށް ގުޅޭގޮތް އަދި ވަނީ ނުވެފައެވެ.