ކުޅިވަރު

ބަންގްލަދޭޝްގެ ދެ މުބާރާތަކަށް ޤައުމީ ބެޑްމިންޓަން ޓީމް ފުރައިފި


ބަންގްލަދޭޝްގައި އޮންނަ ބައިނަލްއަގްވާމީ ދެ މުބާރާތަކަށް ޤައުމީ ބެޑްމިންޓަން ޓީމް ބަންގްލަދޭޝަށް ފުރައިފިއެވެ.

ނޭޕާލްގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްއަށްފަހު ޤައުމީ ޓީމް ބަންގްލަދޭޝަށް ފުރާފައިވަނީ ނޭޕާލްގައި ކުރިއަށްދިޔަ މުބާރާތަށްފަހުގައެވެ.

ރާއްޖޭގެ ޤައުމީ ސީނިއަރ ޓީމް ވާދަކުރާނީ މިމަހުގެ އެގާރައިން ސޯޅައަށް ބަންގްލަދޭޝްގައި ކުރިއަށްދާ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖްގައެވެ. އަދި ޖޫނިއަރ ޓީމް ވާދަކުރާނީ މިމަހުގެ ސަތާރައިން ވިއްސަށް ކުރިއަށްދާ ބަންގްލަދޭޝް ޖޫނިއަރސް މުބާރާތުގައެވެ.

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ބެޑްމިންޓަން ޓީމުން އަންނަނީ ފަހަކަށް އައިސް ވާދަކުރާ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން އެންމެ ފަހުން ނޭޕާލްގައި ނިމުނު ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ވިމެންސް ޑަބަލްސް ބައިން ތިންވަނަ ރާއްޖޭގެ އާމިނަތް ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

އަދި ސައުތް އޭޝިއަން ޔޫޓް ބެޑްމިންޓަން މުބާރާތުން ނަބީހާ އަދި ނަބާހާގެ ޕެއަރވަނީ ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން މިއަހަރު ކުރިއަށްދިޔަ މޮރީޝަސް މުބާރާތުންވެސް މިދެބެން ވަނީ ރިހި މެޑަލް ހޯދާފައެވެ.