ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މަންނާން ޢައްޔަންކޮށްފި


ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެސިސްޓަންޓް ކޮމިޝަނަށް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ޢައްޔަންކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މަންނާން އައްޔަންކުރައްވާ، މަޤާމު ރޭންކު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުއެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ކުރި ހުކުމާއި ގުޅިގެން ފުލުހުންގެ ސިއްރު މަޢޫލޫމާތުތަކެއް ޢާންމުކުރިކަމުގެ ތުހުމަތުގައި މަންނާނު ފުލުހުންގެ ވަޒީފައިން ވަކިކުރުމަށްފަހު، އަލުން ފުލުހުންގެ ވަޒީއަށް ނެރެފައިވަނީ ރިޔާސީ އިންތިޚާބަށްފަހު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.