ޚަބަރު

ބްރެކްސިޓާ މެދު އިނގިރޭސިވިލާތަށް މާ ބޮޑު އިޚުތިޔާރުތަކެއް ނެތް


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭ ގޮތުން ހުސްވި ހަފްތާގައި އިއުލާނުކުރެއްވި އެއްބަސްވުމުގެ ދެލިކޮޕީއާ މެދު ގޮތެއް ނިންމުން ނޫން ގޮތެއް ނެތްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ އަންނަ ހަފުތާގައި ވިލާތުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ކުރިން މި ދެލިކޮޕީއާ މެދު އަނެއްކާ މަޝްވަރާ ކުރުމަށް މޭގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބައެއް އިސް ވަޒީރުން ގޮވާލައްވަމުންދާކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ސަން އޮން ސަންޑޭ ނޫހުގައި ޝާޢީޢުކުރައްވާފައިވާ ލިޔުމެއްގައި މޭ ވިދާޅުވީ، މަޝްވަރާގެ މޭޒުގައި މިހާރު އެއްބަސްވެފައި އޮތް އެއްބަސްވުމަށްވުރެ ރަނގަޅު އެއްބަސްމެއް އެކުލަވާ ނުލެވޭނެ ކަމަށާއި ވިލާތާއެކު އެއްބަސްވުމެއް ޤާއިމުކުރުމަށް މިނޫން މަގެއް ޚިޔާރު ނުކުރެވޭނެކަމަށެވެ.

ޤާނޫނު ހަދާ މަޖިލީހުން މި އެއްބަސްވުން ފާސްނުކޮށްފިނަމަ ޖެހޭނީ އާ ފެށުމަކުން ފަށަން ކަމަށާއި މިކަމުގެ ސަބަބުން އިތުރު ބައިބައިވުންތައް އުފެދި ޤައުމު ނޭނގުމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް، މޭ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދެލިކޮޕީގެ މައްސަލައިގައި މޭގެ ވަޒީރުންގެ މަޖިލީހުގެ އިސް ދެ ވަޒީރުން މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެ އެއްބަސްވުން ފާސްނުކުރާނެކަމުގެ އިންޒާރުވެސް ދީ ހަދާފައެވެ.