މާލީ ބަޔާން ހުށަހެޅުމަށް އޮންނަ މުއްދަތަށް ބަދަލެއް ގެނައުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދީފައިނުވާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލެއް ގެނައުމުގެ ބާރު އޮޑިޓަރ ޖެނަރަލަށް ލިބިގެންނުވާކަމަށެވެ. އެހެންކަމުން މާލީ ބަޔާން ހުށަހަޅުއްވަން އޮންނަ މުއްދަތަށް ބަދަލެއް ގެނައުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދީފައިނުވާނޭކަމަށް އޮޑިޓަރ ޖެނަރަލް އޮފީހުން ބުނެއެވެ.
އޮޑިޓަރ ޖެނަރަލް އޮފީހުގެ ބަޔާނުގައި މާލީ ބަޔާން ހުށަހަޅުއްވަންޖެހޭ މުއްދަތުގައި މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް މާލީ ބަޔާން ހުށަހެޅުއްވުމަށް ދަންނަވަނީ، އެފަރާތެއްގެ މަޤާމުގެ ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުއްވުމަކީ ޤާނޫނީ ގޮތުުން މުހިއްމުކަމަކަށްވާތީ އެކަން އެފަރާތެއްގެ ސަމާލުކަމަށް ގެނައުމަށްކަށެވެ.
މީގެ އިތުރުން މާލީ ބަޔާން ހުށަނާޅުއްވާ ފަރާތްތަކާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މުޢާމަލާތްކުރަމުން ގެންދަނީ، އެބޭފުޅަކު ނިސްބަތްވާ އިދާރާގެ މުވަައްޒަފުން މެދުވެރިކޮށް ނޫން ކަމަށާއި އެކަމާ ގުޅޭގޮތުން މުޢާމަލާތްކުރާނީ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭ ފަރާތާކަމަށްވެސް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ވަކި މަޤާމުތަކެއްގައި ތިއްބަވާ، ނުވަތަ ދައުލަތުގެ ވަކި މަސްޢޫލިއްޔަތުތަކަކާއި ޒިންމާތަކެއް މަތިކުރެވިފައިވާ ފަރާތްތަކުން އެފަރާތެއްގެ މިލްކިއްޔާތުގެ ތަފްސީލް ކޮންމެ އަހަރަކު އޮޑިޓަރ ޖެނަރަލަށް ހުށަހަޅަންޖެހެއެވެ.