 
										
			އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން، ރާއްޖޭގެ އެކި ސަރަަޙައްދުތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ސައިކަލު ބުރުތަކާއި ހިނގާލުންފަދަ ހަރަކާތްތައް ހިމެނެއެވެ. 
ހަރަކާތްތައް ކުރިއަށްދިޔަ ސަރަޙައްދުތަކުގެ ތެރޭގައި ދ.ކުޑަހުވަދޫ އަދި ލ.ގަން، އައްޑޫ ސިޓީ، އިތުރުން ރ.އުންގޫފާރުގައި ހިމެނޭއިރު އައްޑޫ ސިޓީގައި ކުރިއަށްދިޔަ ސައިކަލު ބުރުގައި ހާހަކަށް ވުރެ ގިިނަ މީހުން ބައިވެރިވިއެވެ. އައްޑޫ ސިޓީގައި ކުރިއަށްދިޔަ ހަރަކާތުގައި މަރަދޫ ފޭދޫގެ އިތުރުން ހިތަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. 
ހއ. ދިއްދޫގައި ކުރިޔަށްދިޔަ ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން  ބައިވެރިވިއެވެ. ދިއްދޫގައި ކުރިއަށްދިޔަ ހަރަކާތުގައި ގާތްގަނޑަކަށް 1500 މީހުން ބައިވެރިވިކަމަށް މައުލޫމާތު ލިބެއެވެ. 
ރިޔާސީ އިންތިޚާުބުގައި އިބްރާހިމް މުހައްމަދު ސާލިހު ހޯއްދެވި ކާމިޔާބީ ފާހަގަކުރެއްވުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު މާލޭގައިވެސް ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށެވެ.