ޚަބަރު

ނަންގަހާރުގައި ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު 68އަށް


އަފްޣާނިސްތާނުގެ ނަންގަހާރުގައި އަންގާރަދުވަހު ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ. އަފްޣާނިސްތާނުގެ މަސްއޫލުވެރިއަކު ވިދާޅުވީ އެ ހަމަލާގައި ގިނައަދަދެއްގެ ބަޔަކުމަރުވީ ހަމަލާދިނީ ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ ސަރަހައްދެއްގެ މެދުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުންކަމަށެވެ.

އެ ހަމަލާގައި 165 މީހުން ޒަޚަމްވެފައިވާއިރު ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ގެންދިއުމަށް ކާރާއި އެންބިއުލަންސްގެ އިތުރުން މުދާއުފުލާ އުޅަނދުތައްވެސް ބޭނުންކުރަންޖެހުނުކަމަށް އަފްޣާނިސްތާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ ތާލިބާނުންވަނީ ނަންގަހާރުގައި ދިން ބޮމުގެ ހަމަލާއަކީ އެ ޖަމާއަތުގެ ޙަމަލާއެއް ނޫންކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ނަންގަހާރަކީ ނުރައްކާތެރި އައި.އެސް. ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެކެވެ.

އަފްޣާނިސްތާނުގެ ވެރިކަން ހޯދުމަށް ތާލިބާނުން ކުރަމުންގެންދާ ހަނގުރާމައިގާ އެ ޖަމާއަތަށް އެންމެބޮޑު ގޮންޖެހުމަކަށް މިހާރުވެފައިވަނީ އައި.އެސް. ޖަމާއަތެވެ. އައި.އެސް. ޖަމާއަތާއި ތާލިބާނުން އަފްޣާނިސްތާނުގެ އެތައް ސަރަހައްދެއްގައި ހަމަލާތައް ބަދަލުކޮށް އެއްބަޔަކު އަނެއް ބަޔަކާދެކޮޅަށް ހަނގުރާމަކޮށް ލޭއޮހޮރުވަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.