 
										
			މިއަންޒް އިންޓަނޭޝަނަލް ކޮލެޖު، އެމް.އައި ކޮލެޖުން 848 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. 
ދަރުބާރުގޭގައި ބޭއްވި މައި ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކޮލެޖުގައި ތަޢުލީމީ ދާއިރާއިން މާސްޓަރސް ފުރިހަމަ ކުރި ފުރަތަމަ ބެޗް ގެ ދަރިވަރުން ވެސް ވަނީ ދަސްވެނިވެފައެވެ. 
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އައި ކޮލެޖުގެ ބޯޑުގެ ޗެއަރމަން އަޙްމަދު މުޢައްތަކީ ވަނީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ދަސްވެނިވި ކުދިންނާއި އެ ކުދިން ގެ ބެލެނެވެރިންނަށް މަރުޙަބާ ވިދާޅުވެ އަޙްމަދު މުއްތަކީ ވަނީ ލިބިފައިވާ ޢިލްމު ގެ ބޭނުން ރަނގަޅަށް ހިފުމަށް އިލްތިމާސްކޮށްފައެވެ. 
		
 
										
			ބަންގްލަދޭޝުން ދިވެހި ރާއްޖެއަށް ކަނޑއަޅުއްވާފައި ހުންނަވާ ޞަފީރު ރިއަރ އެޑްމައިރަލް އަޚްތަރު ޙަބީބް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިއަންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ރެކްޓަރ ލަމްޔާ ޢަބްދުލް ޙާދީ ވަނީ އިޖްތިމާޢީ ދުޅަހެޔޮކަން ޙާޞިލްވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ. 
އެމް.އައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުން ސެޓިފިކެޓާއި، ޑިޕްލޮމާ އަދި ޑިގްރީ ޙާޞިލްކުރި ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަން އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. އެމް.އައި ކޮލެޖަކީ ދިވެހިރާއްޖޭ ގެ އެކި ކަންކޮޅުތަކުގައި ގޮފިތައް ހިންގަމުންދާ ކޮލެޖެކެވެ.