ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކުގެ %85 މިހާރު ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ގުޅުންހުރި އެންމެހާ މަސައްކަތްތަކެއް އެކޮމިޝަނުން ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ވަރަށް ފުރިހަމައަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ރިޔާސީ ކެންޑިޓޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާންކޮށް، ނަންތައް ތަރުތީބުކުރުމަށްފަހު، ވޯޓު ކަރުދާސްތައް ޕްރިންޓްކުރުމަށް ފޮނުވާލުމުން ރިޔާސީ އިންތިޚާބާ ގުޅުންހުރި މަސައްކަތްތަކުގެ %99 ފުރިހަމަ ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔަސީ އިންތިޚާބުގެ ސައްޙަކަން ގެއްލޭފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ޢާއްމުންގެ މެދުގައި ހަޤީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާކަމަށާ، އެއީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ޢާއްމުން ސަމާލުވުން މުހިއްމުކަމަށާއި، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ މައްޗަށް ޝަރީފް ވަނީ އަލިއަޅުވާލައްވާފައެވެ.
ޝަރީފް ވިދާޅުވިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ފޯމް ހުށައަޅާފައިވަނީ އެންމެ 3 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން އެކޮމިޝަނަށް ބަލައިގަނެ، ކެންޑިޑަސީ ޤަބޫލުކޮށްފައިވަނީ 2 ބޭފުޅެއްގެއެވެ. އެއީ ޕީ.ޕީ.އެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.