ރަޝިޔާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސްޓަނިސްލާވް ޗެރްޗެސޯވް ކޮންޓްރެކްޓް އާކޮށްފިއެވެ.
މި ކޮންޓްރެކްޓްގެ ދަށުން ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ މުބާރާތާ ހަމައަށް އޭނާ މަޤާމުގައި ދެމިހުންނާނެއެވެ.
"އަހަރެން މިހުރީ ޓީމާއެކު ކުރިއަށްދާން ވަރަށް ބޮޑަށް ބޭނުންވެފައި. އަހަރުމެން ވޯލްޑް ކަޕުގައި (ރަޝިޔާގައި މި މަހުގެ މެދުތެރޭގައި ނިމުނު މުބާރާތުގައި) ހޯދި ނަތީޖާ ވަރަށް ރަނގަޅު. ރަޝިޔާގައި ރަނގަޅު ޓީމެއް އެބައޮތް. މި ޓީމު ތައްޔާރުކޮށް ނަތީޖާގެ ޒިންމާ ނަގަން އަހަރެން މިހުރީ ތައްޔާރަށް،" ކޯޗު ބުންޏެވެ.
އޭނާގެ އިރުޝާދުގެ ދަށުން ރަޝިޔާ ވަނީ މިފަހަރުގެ ވަރލްޑް ކަޕުގެ ގްރޫޕުގެ އޭގެ އެއްވަނަ ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިކާމިޔާބީއާއެކު ޗެރްޗެސޯވް ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަޤާމުގެ ގަދަ 10 ކޯޗުންގެ ތެރޭގައި ހިމެނިފައެވެ.