ސިވިލް ސާވިސްގެ މުއައްޒަފުން ވަޒީފާއިން ވަކިނުވެ، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބުތަކަށް ކުރިމަތިލެވޭގޮތަށް ސިވިލް ސާރވިސް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހައަޅައި އެކަމާއިބެހޭގޮތުން ބަހުސް ފަށްޓަވައިފިއެވެ.
ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް އަހްމަދު މަނިކުއެވެ.
މިއިސްލާހު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އެއިސްލާހުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބުތަކަށް ސިވިލްސާވިސްގެ މުއައްޒަފުން ކުރިމަތިލުމުގެ ކުރިން ވަޒީފާއިން ވަކިވާން ނުޖެހޭނެކަމަށެވެ. އަދި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސިވިލް ސާވިސް ގާނޫނުގައި، ގާނޫނު އަސާސީއާ ފުށު އަރާ ގޮތަށް ހުރި މާއްދާތައް އިސްލާހުކޮށް ގާނޫނު އަސާސީގައި ބުނާ ހައްގުތައް ކަށަވަރުކޮށްދީ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުންނަށް ބައިވެރިވިވެވޭނެ އުސޫލުތަކަކާއި އިންތަކެއް ކަނޑައަޅައިދިނުން ކަމަށްވެސް އަމީތު ވިދާޅުވިއެވެ.
މިއިސްލާހްގައިވާގޮތުން ޕާޓީއެއްގެ މެންބަރުކަން ފިޔަވައި އިތުރު މަގާމެއް ސިވިލްސާވިސްގެ މުއައްޒަފަކަށް އަދާނުކުރެވޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިގެން ނުވާ ކަމަށް އެއިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހަށް ގިނަ މެމްބަރުން ތާއީދުކުރެއްވިއެވެ. އެގޮތުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރު އޮތީ ދެ އަތް ފުޅާކޮށް ހުޅުވާލައިގެންކަމަށާއިސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކާ ފުރަތަމަ މަޖިލީހަށް ހުށަހަޅާފައިވާ އިގްތިސާދީ ބިލުތައް ފާސްކޮށް އިގްތިސާދު ފަހި ކުރަން ޖެހޭކަމަށެވެ.
މި ބިލަށް ވާހަކަ ދެއްކި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އެ އިސްލާހުގައި ހުރި ބައެއް މާއްދާތަކަށް ފާޑުވިދާޅުވެވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ސިވިލް ސާރވިސްގެ ޤާނޫނަށް ގެންނައުމަށް ހުށަހަޅާފައިވާ އެއިސްލާހުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމް އަށް މެންބަރުން އިތުރު ކުރުން ކަމަށްވެސް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެންބަރުން ވަނީ ސުޕްރީމް ކޯޓުން ސިވިލް ސާރވިސް ޤާނޫނުގެ ބައެއް އުވާލާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސްޕްރީމް ކޯޓުން އުވާލާފައިވާ މައްދާއަކީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް މާއްދާއެވެ. ސުޕްރީމް ކޯޓުން މިމާއްދާ އުވާލާފައިވަނީ ސިޔާސީ ޕާޓީ ތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށްލިބިދީފައިވާ ހައްގާއި މިމާއްދާއާއި ފުށުއަރާކަމަށް ބުނެ. ނަމަވެސް އެކަމަށް އުސޫލުތަކެއް ކަނޑައެޅިދާނެ ސުޕްރީމްކޯޓުން ބުނެފައިވެއެވެ.ދިވެހި