ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހިމް އަވަހާރަވެއްޖެއެވެ.
މުޙައްމަދު އިބްރާހީމަކީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އަނބިކަނބަލުންގެ ބައްޕާފުޅެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނިހާން މިއަދު ވިދާޅުވީ މުޙައްމަދު އިބްރާޙީމް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އޭނާ ވިދާޅުވީ މުޙައްމަދު އިބްރާހީމްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު ބާއްވާނެ ކަމަށެވެ.
މުޙައްމަދު އިބްރާހީމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.