ޚަބަރު

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙާއި އެކު މަޖިލިސް ފަށަނީ


ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުތައް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ މެންދުރު އެއްގަޑި ސުންމިނެޓުގައި ފެށުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ 2 ޤާނޫނަކަށް 3 އިޞްލާޙު ހުށަހަޅުމަށް އެޖެންޑާކޮށްފަ. އެއީ ރިޔާސީ އިންތިޚާބުތަކާއިބެހޭ ޤާނޫނަށް ހުށަހަޅާ ދެ އިޞްލާޙަކާއި އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ދެ އިޞްލާޙެކެވެ.

މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅާފައި ވަނީ ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު ނިހާން ޙުސައިން މަނިކާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ.

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ ޤާނޫނުތަކަށް އިޞްލާޙު ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި އެއްގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ބޭނުންނަށް ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.