ކާނާ

ރެސިޕީ: ބްރިގަޑެއިރޯ


ބްރެޒިލުގައި މަޝްހޫރު ބްރިގަޑެއިރޯއަކީ ތައްޔާރުކޮށްލަން ފަސޭހަ، އެހާމެ މީރު ފޮނިކާއެއްޗެކެވެ.

ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
3 މޭޒުމަތީ ސަމުސާ ކޮކޯއާ (ފޮނިނޫން)
1 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމުސާ ބަޓަރު
މިކްސް ނަޓްސް (މުގުރާފަ)

ތައްޔާރުކުރާނެ ގޮތް:
އުދުން މަޑުގިންޔަށް ޖައްސާފައި، ކުޑަ ތެއްޔަކަށް ކޮކޯއާ، ބަޓަރ އަދި ގެރިކިރު އަޅާ ކައްކަންފަށާށެވެ. މިތަކެތި ކައްކަންފެށުމަށްފަހު ހުއްޓާނުލާ އުދުލިއަކުން މިކްސްކުރަމުން ގެންދާށެވެ. މިހެން ދިހައަކާ ފަނަރަ މިނެޓާ ދެމެދު ކައްކާލުމަށްފަހު އުދުން ނިއްވާލާށެވެ. ދެން ހޫނު ފިލުމުން ކުދި ބޯޅަ ވަށާލުމަށްފަހު މުގުރާފައި ހުރި ނަޓްސްގެ ތެރެއަށްލާ ކުދި ގުޅަތައްވަށާ ނަޓްސް ވަށާލާށެވެ. މިހުރީ ބްރިގަޑެއިރޯ ތައްޔާރުވެފައެވެ. ފިނިކޮށްލައިގެން މިޑެޒާޓް ވަރަށް މީރުވާނެއެވެ.