ޚަބަރު

ފަނޑިޔާރުން ގަންނަން އުޅުނީ 13 މިލިއަން ރުފިޔާގެ ފްލެޓްތަކެއް


އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢިދާއި، ފަނޑިޔާރު އަލީ ޙަމީދާއި، ޖުޑީޝަލްއެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު މެލޭޝިއާއިން 39 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ފްލެޓްތަކެއް ގަންނަން އުޅުނުކަން ހާމަވެއްޖެއެވެ.އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު މެލޭޝިއާއިން ގަންނަން އުޅުނީ ލޭކް ފްރަންޓް ވިލާތަކެއް ކަމަށާއި، އެއިން ކޮންމެ ފްލެޓެއްގެ އަގު 13 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށްބުނެ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކު ފުލުހުންނަށް ދީފައިވާކަމަށް ބުނާ ބަޔާނެއް ވަނީ ލީކުވެފައެވެ.

މިބަޔާނުގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދާއި، ޙަސަން ސަޢީދު، އޭނާއާއެކު އެމީހުން ގަންނަން އުޅުނު ފްލެޓުތައް ބެލުމަށް މެލޭޝިއާގެ އެފްލެޓުތަކަށް ދިޔަކަމަށެވެ. އަދި ފްލެޓް ގަތުމަށް އޭޖެންޓަކާއެކު އެމީހުން މުޢާމަލާތް ކުރިކަން އެނގިފައިވާކަމަށްވެސް މެލޭޝިއާގައިވެސް ވިޔަފާރިކުރާ ދިވެހި ވިޔަފާރިވެރިޔާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ފަނޑިޔާރު ޢަލީ ޙަމީދަކީ އޭނާގެ ގާތް ރަޙްމަތްތެރިއެއްކަމަށާ ފްލެޓް ގަތުމާ ގުޅޭގޮތުން ފަނޑިޔާރު ޢަލީ ޙަމީދު އޭނާއާ ތަކުރާރުކޮށް މަޝްވަރާ ކޮށްފައިވާކަމަށެވެ.

ފުލުހުންގެ ތަހުޤީޤަށް މިނިވަން މުޢައްސަސާއެއްގެ އިސްވެރިޔަކު ދެއްވާފައިވާ ބަޔާނުގައިވެސް އަބްދުﷲ ސަޢީދު، އަލީ ހަމީދާއި ހަސަން ސައީދު މެލޭޝިޔާއިން ފްލެޓް ގަންނަން އުޅުނުކަން އެނގިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް ޚަރަދުކުރަނީ ވިލާ ކުންފުނީގެ ގާސިމް އިބްރާހިމްކަމަށްވެސް އެބޭފުޅާ ދީފައިވާ ބަޔާނުގައިވެއެވެ. މީގެ އިތުރުން މެލޭޝިޔާއިން އަލީ ހަމީދާއި ހަސަން ސަޢީދާއި ބައްދަލުވި ފަރާތަކުން ފުލުހުންނަށް ދީފައިވާ ބަޔާނުގައި، ވެރިކަން ވައްޓާލަން އެ ދެ ބޭފުޅުން މަޝްވަރާކުރިކަމަށް ބުނެފައިވެއެވެ.