ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބުރިޖުގަ ޤާއިމްކުރާނީ އިލެކްޓްރޯނިކް ޓޯލް ނިޒާމެއްކަމަށް ހައުސިންގ މިނިސްޓަރ ޑ.ރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ބުރިޖު މަޝްރޫޢު މިސަރުކާރުން ކުރިއަށްގެންދަނީ އެ މަޝްރޫޢު ކުރިއަށްގެންދެވޭނެ އެންމެ ކުޑަ އަގުގަ ކަމަށާއި އަދި މިފަދަ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ އެންމެ ކުރު މުއްދަތުގެ ތެރޭގައި ނިންމުމަށްކަމަށެވެ. އަދި ބުރިޖު މަޝްރޫޢު ނިމޭއިރު ބުރިޖު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުވަތަ ޓޯލްއެއް ނެގުމަށް ނިންމާފައިވާކަމަށެވެ. ފީ ނުވަތަ ޓޯލްއެއް ނެގުމަކީ ދުނިޔޭގެ އެހެން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކުރާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ފީ ނަގަންޖެހެނީ ބުރިޖުގެ މެއިންޓަނަންސް ޚަރަދުތަކަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބުރިޖު ބެލެހެއްޓުމަށްކަމަށެވެ. އެގޮތުން ފީގެ ގޮތުގައި ނަގާނީ ރައްޔިތުންނަށް ފޯރާ މިންވަރަކުން ވަރަށް ފަސޭހައިން ދެއްކޭނެ މިންވަރެއްކަމަށާއި، އެއީ އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ނަގާ އެއްޗެއް ނޫންކަމަށެވެ. ޓޯލް ބޫތު ޤާއިމްކުރަން ނިންމާފައިވަނީ މާލެ ކޮޅުން ބުރިޖަށްއަރާ ސަރަޙައްދާއި ހުޅުމާލެއިން ބްރިޖަށްއަރާ ސަރަޙައްދުގައެވެ.
"މާލެއާއި ހުޅުލެއާ ދެމެދު މިއޮތީ 1.2 ކިލޯ މީޓަރުގެ ރާސްތާއެއް. އަދި ހުޅުމާލެއާއި ހަމައަށް 4.5 ކިލޯމީޓަރުގެ ރާސްތާއެއް. އަދި ޓޯލް ނެގޭނީ މާލެއިންނާ އަދި ހުޅުމާލެ ކޮޅުން ފީނެގޭނީ. ހަމައެއާއެކީ ފާހަގަކޮށްލަން ބުރިޖު ބޭނުންކުރާ މަރުޙަލާގައި ބުރިޖު ހުރަސްކޮށް ދަތުރުކުރާއިރު ފީ ނުވަތަ ޓޯލްއެއް ނެގުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމެއް. އެކަން ކޮށްގެން މެއިންޓަނެންސް އަދި ދެމެހެއްޓިނިވި ގޮތެއްގައި މިކަން ކުރިއަށްދާނީ. ވަރަށް ކުޑަ ފޯރާ މިންވަރެއްގެ އަދި ފަސޭހައިން ދެއްކޭ މިންވަރެއްގެ ފީއެއް ނަގާނީ. އެއީ މެއިންޓަނަންސް އޮޕަރޭޝަނަށް ނަގާ ފީއެކޭ. އެއްގޮތަކަށްވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން ނެގޭ އެއްޗެއް ނޫނޭމިނިސްޓަރ މުޢިއްޒު
"މާލެއާއި ހުޅުލެއާ ދެމެދު މިއޮތީ 1.2 ކިލޯ މީޓަރުގެ ރާސްތާއެއް. އަދި ހުޅުމާލެއާއި ހަމައަށް 4.5 ކިލޯމީޓަރުގެ ރާސްތާއެއް. އަދި ޓޯލް ނެގޭނީ މާލެއިންނާ އަދި ހުޅުމާލެ ކޮޅުން ފީނެގޭނީ. ހަމައެއާއެކީ ފާހަގަކޮށްލަން ބުރިޖު ބޭނުންކުރާ މަރުޙަލާގައި ބުރިޖު ހުރަސްކޮށް ދަތުރުކުރާއިރު ފީ ނުވަތަ ޓޯލްއެއް ނެގުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމެއް. އެކަން ކޮށްގެން މެއިންޓަނެންސް އަދި ދެމެހެއްޓިނިވި ގޮތެއްގައި މިކަން ކުރިއަށްދާނީ. ވަރަށް ކުޑަ ފޯރާ މިންވަރެއްގެ އަދި ފަސޭހައިން ދެއްކޭ މިންވަރެއްގެ ފީއެއް ނަގާނީ. އެއީ މެއިންޓަނަންސް އޮޕަރޭޝަނަށް ނަގާ ފީއެކޭ. އެއްގޮތަކަށްވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން ނެގޭ އެއްޗެއް ނޫނޭ" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
ބުރިޖުގައި ޤާއިމްކުރާނީ އިލެކްޓްރޯނިކް ޓޮލް ނިޒާމެއްކަމުން ބުރިޖު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދެއް މަޑުކުރަން ނުޖެހޭނެކަން ފާހަގަކުރައްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ކޮންމެ އުޅަނދަކަށްވެސް ޓޮލް ޑިވައިސެއް ދޭނެކަމަށެވެ. ކޮންމެ އުޅަނދަކަށް ހަވާލުކުރާ ޑިވައިސްއަކީވެސް ވަރަށް ހެޔޮ އަގުގައި ލިބޭނެ ޑިވައިސަކަށް ހަދާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.
"ވެހިކަލް މަޑުކުރާގޮތަކަށް ނޫން ހަމަޖައްސާފައިވަާނީ. އޮޓޮމެޓިކް އުޅަނދުގައި އިންނަ ޑިވައިސަކުން ޓޯލް ކެނޑޭ ގޮތަށް. ހުރިހާ އުޅަނދަށް ޑިވައިސް ލިބޭނެ ގޮތް ހަދާނަން. ވަރަށް އަގު ހެޔޮކޮށް ލިބޭނެ ގޮތް ހަދާނަން. ވެހިކަލްގެ ބާވަތާ ވެހިކަލް ބޭނުންކުރާ ބޭނުމާ، އެކަން ބޭނުންކުރެވޭނެ ކޮމާޝަލް ކަންކަމަށް ބޭނުންކުރާ ބަސްތަކާ މުދާ އުފުލާ ވެހިކަލްތަކާ ކޮންމެ އެއްޗަކަށްވެސް ތަފާތު ފީއެއް ނެގޭނީ. ހަމައެގޮތަށް ސައިކަލަށްވެސް. އާމްދަނީ ހޯދުމަށް ނަގާ ޓޯލެއް ނޫނޭ. މަހުންމަހަށް މަރާމާތަށް ނަގާ އެއްޗެކޭ މިނަގަނީ. އެންމެންގެ ފަސޭހައަށް މަންފާއަށް ކުރާކަމެއް މިއީ" މިނިސްޓަރ ވިދާޅުވިއެވެ.
ބުރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ނިންމާފައިވާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން އަމާޒުކޮށްފާނެ ފާޑުކިއުންތަކަށް ރައްދުދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ބުރިޖު މަޝްރޫޢު ހިންގުމަށް ކުރީގެ އެމްޑީޕީ ސަރުކާރުން ތައްޔާރުކުރި ލިޔެކިޔުންތަކުގައިވެސް ޓޯލް ނަގާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފީ ނެގުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކަށް ވާހަކަ ނުދެއްކޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީ ސަރުކާރުގައި ތައްޔާރުކޮށްފައި އޮތް ޕޭޕަރުންވެސް، އެބޭފުޅުންވެސް ވަރަށް ބޮޑަށް ޓޯލް ވާހަކަ ދައްކާ ފާހަގަކޮށްފަ ރިޕޯޓްގައި ފާހަގަކޮށްފައިވޭ މި މަޝްރޫޢު ހިންގޭނީ އެހެންކަމަށް. އެހެންކަމުން އެމްޑީޕީން އެކަން ކުރިނަމަ އެކަން ނުކުރާނަމޭ ނުބުނެވޭނޭ" މުޢިއްޒު ވިދާޅުވިއެވެ.
ބުރިޖު މަޝްރޫޢުއަކީ އެ މަޝްރޫޢު ހިންގޭނެ އެންމެ ކުޑަ އަގުގައި ކުރިއަށް ގެންދާ މަޝްރޫޢެއްކަން ތަކުރާރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮންޓްރެކްޓްގައި ވާ ތާރީޚަށް މި މަސައްކަތް ނިންމުމަށް ކޮންޓެކްޓަރަށް ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް އެ މަސައްކަތް 2 މަސް ދުވަސް ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ބުރިޖު މަޝްރޫޢު ކުރިއަށްގެންދާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާރބަރ އިންޖިނިއަރިންގ އާއި މަޝްރޫޢު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 30 ޑިސެމްބަރ 2015 ގައެވެ. އަދި މަޝްރޫޢު އެއްކޮށް ނިންމުމާ ހަވާލުކުރުމަށް އެއްބްސްވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހަށެވެ.