ދުނިޔެ

ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށްލެވިއްޖެ: ޕުޓިން


ސޫރިޔާގައި އައިއެސް ޖަމާޢަތް ބަލިކޮށްލެވިއްޖެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެއެވެ.
ސޫރިޔާގައި އައިއެސް ޖަމާޢަތް ބަލިކުރީ އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ އިއްތިޙާދުން ނޫންކަމަށާ އެކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ރަޝިޔާއާއި ސޫރިޔާއާއި ތުރުކީވިލާތުން ކަމަށް ޕުޓިން ވިދާޅުވިއެވެ.
އައިއެސް ބަލިކޮށްލެވިފައި ވީނަމަވެސް އެޖަމާޢަތުގެ ހަރުކަށި ހަނގުރާމަވެރިން ސޫރިޔާގައި ވިއްސިވިހާލިވެގެން އުޅޭކަމަށާ އެމީހުން މީހުން މެރުމާއި ބޮންގޮއްވުންފަދަ ޓެރަރިސްޓް ޙަރަކާތްތައް ހިންގާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ޕުޓިން ވިދާޅުވީއެވެ.
ޕުޓިން ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕުޓިންވަނީ ރަޝިޔާގެ ފަންނީ އެހީގައި ތުރުކީވިލާތުން ބިނާކުރާ ނިއުކްލިއަރ ރިއެކްޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް އުރުދުޣާންއާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.