ޚަބަރު

"ތިނަދޫ ރައްޔިތުންތިބީ ރައީސް ޔާމީނާއެކު"


ތިނަދޫ ރައްޔިތުންތިބީ ރައީސް ޔާމީނާއެކުގައިކަން ހާމަކުރުމުގެ ގޮތުން، ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހައިގައި ބޭއްވި މި ހަރަކާތުގައި ތިނަދޫ ރައްޔިތުންގެ ތެރެއިން  މާލޭގައި ދިރިއުޅޭ ގިނަޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި ތިނަދޫ ރައްޔިތުންތިބީ ރައީސް ޔާމީނާއެކުކަން ހާމަކުރުމުގެ ގޮތުން ޖަލްސާގައި ބައިވެރިވި ފަރާތްތަކުން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޚާއްޞަކޮށް ތިނަދޫގައި މިހާރު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ޖަލްސާގައި ވާހަކަދެއްކެވި ތިނަދޫ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ކުރިން އެއްވެސް ރައީސަކު ތިނަދޫއާމެދު އަޅާނުލާ ވަރަށް ރައީސް ޔާމީން ތިނަދޫ ރައްޔިތުންނާމެދު އަޅާލާފައިވާކަމަށް ޖަލްސާގައި ވާހަކަދެއްކި ފަރާތުން ފާހަގަކުރިއެވެ. ތިނަދޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ތިނަދޫގައި ބިނާކުރާ އިސްލާމީ މަރުކަޒު މަޝްރޫއާއި، މިއުޒިއަމް ޕާރކްގެ މަޝްރޫއަކީ ތިނަދޫ ރައްޔިތުން މީގެކުރިން އުންމީދުވެސް ނުކުރާފަދަ މަޝްރޫޢުތަކެއްކަމަށް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15217422925159.jpg|ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ކުރިއަށްގެންގޮސް ނިންމާފައިވާ މަޝްއުތަކުގެ ތެރޭގައި ހިމެނޭ ބިންހިއްކުމުގެ މަޝްރޫޢާއި، ފްލެޓް އެޅުމުގެ މަޝްރޫޢާއި، ފެނާ ނަރުދަމާގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢު ފަދަ މަޝްރޫޢުތަކަކީ ތިނަދޫ ރައްޔިތުން ރައީސް ޔާމީނާއެކު ތިބި ސަބަބުކަން ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިޖަލްސާގެ ތެރެއިންވަނީ ތިނަދޫއިން އަލަށް ޕީޕީއެމާ ގުޅުނު މެމްބަރުންގެ ފޯމް އެޕާޓީއާ ހަވާލުކޮށްފައެވެ. މި ފޯމްތަކާ ޙަވާލުވެވަޑައިގަތީ ޕީޕީއެމްގެ ދެ ނާއިބުރައީސުން ކަމުގައިވާ، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މޫސާ ޒަމީރެވެ.