އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް ވީސާ ދޫކުރާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް ވީސާ ދޫކުރާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމުގެ ޔަޤީންކަން ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީން ދީފައިވާކަމަށެވެ.
ދިވެހިންނަށް ވީސާ ދޫކުރާ އުސޫލަށް އިންޑިއާއިން ބަދަލެއް ނުގެންނަކަން ފޮރިން މިނިސްޓްރީން ހާމަކުރީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދިނުން ހުއްޓާލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޙަބަރުތަކެއް ފަތުރާފައިވަނިކޮށެވެ.