ރާއްޖޭގެ ޙާލަތު ބަޔާންކޮށްދެއްވުމަށް ތިން ވަޒީރަކު ބޭރުގެ ތިން ޤައުމަށް ވަޑައިގެންފިއެވެ.
މިގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް މުޙައްމަދު ސައީދު ޗައިނާއަށް ރޭ ވަޑައިގެންނެވިއިރު، މިނިސްޓަރ އޮފް ފޮރިންގ އެފެއާރޒް ޑރ.މުޙައްމަދު ޢާސިމް ވަޑައިގެންނެވީ ޕާކިސްތާނަށެވެ. މީގެއިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ މިއަދު ވަނީ ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފައެވެ.
މި ދަތުރުފުޅުތަކަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ގުޅޭ ފަހުގެ މައުލޫމާތު އެ ޤައުމުތަކާ ޙިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ކުރައްވާ ދަތުރުފުޅު ތަކެކެވެ.