ޚަބަރު

އޭޑީކޭ ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުވައިފި


އޭޑީކޭގެ އާ އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތަކީ އޭޑީކޭ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި އިމާރާތެކެވެ.

އޭޑީކޭގައި އަލަށް އިމާރާތްކުރި ނުވަބުރީގެ އިމާރާތުގައި ހިމެނެނީ ކެފޭ އަކާއި، މެޑިކަލް ޗެކްއަޕް ހެދުމަށް ޙާއްސަ ފްލޯއެއްގެ އިތުރުން ބަލިމީހުންނަށް ޙާއްޞަ ވޯޑުތެކެވެ. އޭޑީކޭއިން ބުނީ އާއިމާރާތައެކު އެ ހޮސްޕިޓަލަށް ފަސްދޮޅަށް އެދު އިތުރުވެެފައިވާކަމަށެވެ. 

މި އިމާރާތުގައި ހިމެނޭ ވޯޑްތައް ފަރުމާ ކޮށްފައިވަނީ ބަލިމީހުންނަށް ފަސޭހަވާނެގޮތަށް ކަމަށް އޭޑީކޭއިން ބުނެއެވެ. ޑރ ޕާންޑިއަން ވިންގްގެ ނަމުން ނަންދީފައިވާ އޭޑީކޭގެ އާ އިމާރާތުން ހެލްތު ސްކްރީނިން އާއި މެޑިކަލް ޗެކަޕް ހެދުމާއި އެކްސްރޭ ނެގުމާއި ލެބޯޓަރީ ސާމްޕަލް ނެގުމާއި ޓްރީޓްމެންޓް ދިނުން ފަދަ ޚިދުމަތްތަށް ލިބޭނެއެވެ.