އެނބޫދޫ ލެނގޫން މަޝްރޫޢުގެ ފުރަތަމަފިޔަވަހި އަންނަ އޮގަސްޓްމަހު ނިމޭއިރު ދިހަ ހާހަށްވުރެ ގިނަ އައުވަޒީފާގެ ފުރުޞަތު ޒުވާނުންނަށް ހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެނބޫދޫ ލެގޫން މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ފަތުރުވެރިކަމުގެއެންމެ ބިޔަ މަޝްރޫޢެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަށް އެއްބިލިއަން ޑޮލަރު ޚަރަދުކޮށްގެން އިންވެސްޓްކުރަނީ ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންގ އެސްޓޭޓުންނެވެ. ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.
ފުރަތަމަ ފިޔަވަހީގައިތަރައްޤީކުރާ ތިން ރަށުގައި އަށްސަތޭކަ އެނދު ހިމެނެއެވެ. އެނބޫދޫ ލެގޫން މަޝްރޫޢު ކުރިއަށްދާގޮތާގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް މޫސާޒަމީރު ވިދާޅުވީ، ފުރަތަމަ ފިޔަވަހި ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް ނިންމޭނެކަމުގެ ޔަޤީންކަން އިންވެސްޓަރުގެ ފަރާތުން ދެއްވާފައިވާކަމަށެވެ. އަދިފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް ބޭނުންވާ ތަކެތީގެ %70 ސާމާނު އިމްޕޯޓް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓައުންޝިޕެއް ތަރައްޤީކުރާނެއެވެ. އަދި ޑިއުޓީ ފްރީއާއި، ފަތުރުވެރިން ގަޔާވާ އެހެނިހެން ޚިދުމަތްތަކާއެކު މާލެސަރަޙައްދުގައި ހަރުދަނާ ދަތުރުފަތުރުގެ ފެރީގެ ނިޒާމެއް ޤާއިމްކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެނބޫދޫ ލެގޫންގެ ފުރަތަމަފިޔަވަހީގައި ހިމެނޭ ތިން ރަށުގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކާއި، އެނޫންވެސް ދަތުރުފަތުރާއި، ނުސީދާ ގޮތުން މި މަޝްރޫޢުގެ ދަށުން އުފޭދޭ ވަޒީފާތަކާއެކު ދިހަހާހަށްވުރެ ގިނަ ވަޒީފާ އުފެދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިމަޝްރޫޢުގެ ދަށުން އުފެދޭ ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނާ ދަނީ ޙިއްސާކުރަމުންނެވެ. އަދި އެ ދަރިވަރުންނަށް ތަމްރީން ދެމުން އަންނަކަންވެސް ޓޫރިޒަމް މިނިސްޓަރމޫސާ ޒަމީރު ފާހަގަކުރެއްވިއެވެ.
" މިއީ ޓޫރިޒަމްގެ އެންމެ ތަފާތު މަޝްރޫޢަށް ވެގެންދާނެ. މި ޕްރޮޖެކްޓާއެކުމާލޭއާއި މި ސަރަޙާއްދުގައި ދިރިއުޅޭ ފަރާތްތަކަށް މިތަނުން ޚިދުމަތްލިބޭނެ. ޢާއިލާތަކަށް. ވަރަށް ހަރުދަނާ ފެރީގެ ނިޒާމެއް އޮންނާނެ. މިމަޝްރޫޢު އަޅުގަނޑޫމެންނަށް މަޢޫލޫމާތު ލލިބިފައިވާގޮތަށް ޝެޑިއުލަށް ނިމތީއުފާކުރަން." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ މަޝްރޫޢުތަކުން ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ހެޔޮބަދަލާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ގިނަ މަޝްރޫޢުތަކާއެކު ރާއްޖޭގެ ޙާލަތު ބަދަލުވަމުން އަންނަކަމަށާ އެކަމުގެ ނަތީޖާ ރާއްޖޭގެ ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންނާއި އެނޫންވެސް ދާއިރާތަކުން ފެންނަމުންއަންނަކަމަށެވެ. މީގެ އިތުރުން ހުއްޓިފައިވާ ބައެއް ފަތުރުވެރިކަމުގެ މަޝްރޫޢުތައްހިންގުމަށް ބާރު އަޅަމުން އަންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އަހަރު ވެގެންދާނީ މި ދާއިރާއިންގިނަ މަޝްރޫޢުތަކެއް ނިމި ޚިދުމަތް ދެވިގެންދާނެ އަހަރަކަށްކަމަށް މިނިސްޓަރވިދާޅުވިއެވެ.
" ރާއްޖޭގެ ފަތުރުވެރިކަން އޮތް ގޮތަކީ ވަން ރިސޯޓް ވަންއައިލެންޑް. އެ ޚިދުމަތުގެ ބަދަލުގައި ޓޫރިޒަމްގެ ގިނަ ތަފާތު ބައިތަކަކާއެކުޕްރޮޖެކްޓުތަކެއް ބަދަލުވެގެން މިދަނީ ރައީސް ޔާމީންގެ އިޤްތިޞާދީ އިންގިލާބީއެޖެންޑާއާއެކު." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
އެނބޫދޫ ލެނގޫން މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ ރަށްތަކުގެ މަސައްކަތް ދެހާސް ވިހިވަނަ އަހަރުގެ ނިޔަލަށް ނިންމާނެކަމަށް މި މަޝްރޫޢު ހިންގާ ސިންގ އެސްޓޭޓުން ވަނީ ބުނެފައެވެ.