އަންހެން ކުރިކެޓް ލީގުގެ ފައިނަލުން ލ.ކުނަހަންދޫ އަންހެން ކްރިކެޓް ޓީމު ޖާގަ ހޯދައިފިއެވެ.
ކުނަހަންދޫ ފައިނަލުން ޖާގަހޯދީ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މާލޭ އަންހެން ކުރިކެޓް ޓީމުގެ މައްޗަށް ކުރިހޯދާގެންނެވެ. މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވެގެން މާލެ ޓީމުން ގަސްތުކުރީ ބެޓްކުރާށެވެ. މާލޭ ޓީމުން ކުޅެން އަރާ ވިހި އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. ކުނަހަންދޫއިން ކުޅެންއަރާ ލަނޑުހަމަކުރީ ސޯޅަ ޕޮއިންޓް ފަހެއް އޯވަރުގެ ތެރޭގައެވެ. ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ބާވީސް ލަނޑު ހެދި ފާތުމަތު ޝަޖާއެވެ.
މުބާރާތުގެ ފައިނަލުގައި ކުނަހަންދޫ ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ މާދަމާއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ ސެމީފައިނަލުގައި މިއަދު މެޗުން ބަލިވި މާލޭ އަންހެން ކުރިކެޓް ޓީމާއި ވިލިމާލޭ އަންހެން ކުރިކެޓް ޓީމް ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލު ކުޅޭނީ އަންނަމަހުގެ ދެވަނަ ދުވަހުއެވެ.