އަލަށް ތަޢާރަފްކުރި ޕާސްޕޯޓް ކާޑު މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހަދައިދޭން ފަށާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑް ހަދައިދޭނީ ފަހުގެ އީ ޕާސްޕޯޓްގެ ބޭނުންކުރަމުން އަންނަ ފަރާތްތަކަށްކަމަށެވެ. އަދި ޕާސްޕޯޓް ކާޑު ހެއްދުމަށް ހަތަރު ސަތޭކަ ފަންސާސް ރުފިޔާ ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ގިނަ ހިދުމަތްތަކާއި އެކު އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑް ބޭނުންކުރި ނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ކުރި އެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދިޔުމަށް އިމްގްރޭޝަނުން އިލްތިމާސްކުރެއެވެ. މި ކާޑު އެހެން ޤައުމުތަކުގެ ބޯޑަރުގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ބުނެއެވެ.
ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ގޮތަށް އަލަށް ތާއަރަފްކުރި ޕާސްޕޯޓް ކާޑު ތާއާރަފްކޮށްފައިވަނީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ. މީގެއިތުރުން އައިޑީކާޑާއި ލައިންސްނަސް ކާޑުގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް މި ކާޑުން ލިބެއެވެ.