ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާ ކާމިޔާބުކުރަން ނިކުތް ކްލަބް އިމިގްރޭޝަން ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީފައިނަލުން ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފިއެވެ.
ކުއާޓަރ ފައިނަލްގެ މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމްވެސް އެކެއް އެކަކުން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ކުއާޓަރގެ އަނެއް މެޗުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ކަޓުވާލާ، މޯލްޑްސް އެއާޕޯރޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)ވެސް ވަނީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗު އެމް.އޭ.ސީ.އެލް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.
މިމުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ދެން ޖާގަ ހޯދީ ފެނަކަ ޓީމާއި ޕޮލިސް ކްލަބެވެ. ފެނަކަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ކުއާޓަރ ފައިނަލްގައި އެސްޓީއޯ ލަދުގަންނަވާލުމަށްފަހުއެވެ. މިމެޗު ފެނަ ކާމިޔާބުކުރީ ބާރަ ލަނޑު އެއް ލަނޑުންނެވެ.
ޕޮލިސް މުބާރާތުގެ ސެމީން ޖާގައެއް ޔަޤީން ކުރީ ކުއާޓަރގައި އައްޑޫ ވުމަންސް އެސޯސިއޭޝަން (އޭ.ޑަބްލިއު.އޭ.އެފް.ޓީ} ދޭއް ސުމަކުން ބަލިކޮށްގެންނެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ މެޗުތަކާއި ފައިނަލް މެޗު ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައިއެވެ.