މުނިފޫހިފިލުވުން

ޕިޔާނޯ ރައުންޑުގެ މިރޭގެ ޝޯއަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޕިއާނޯ ރައުންޑުގައި މިރޭ ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާފައިވާއިރު، މިރޭގެ ޝޯވގައި ތިއޭޓަރ ރައުންޑުން ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން 8 ބައިވެރިއަކު ލަވަ ހުށައަޅާދީފައިވެއެވެ.

މި 8 ބައިވެރިންނަކީ:-

- ޝަމްވީލް މުޙައްމަދު

- ޢިބްރާހީމް ވަޙީދު

- މުޙައްމަދު ތަސްނީމް

- ޝަނީޒާ ޝަރީފް

- އަޙްމަދު ސައްޔާޙު

- މުޙައްމަދު ރީހާން

- ޝަޒާ ޢަބްދުﷲ ރަޝީދު

- މުޙައްމަދު ހަމްދާން

މި 8 ބައިވެރިންގެ ފަރާތުން މިރޭގެ ޝޯވގައި ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދިޔައިރު، މީގެތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މި 8 ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު، އެންމެ ގިނަ ޕޮއިންޓު ލިބޭ ބައިވެރިން ހިމެނޭހެން ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ. އެލިމިނޭޝަން ޝޯވ ޓީ.ވީ.އެމުން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ "ކްރޯވް ހޮވަތް އެލް.އެލް.ޕީ" އޮޑިޓް ފަރމާއެވެ.