މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ގަދަ 16 ބައިވެރިން މިރޭ އިޢުލާންކޮށްފި


ވާދަވެރި ހުށައެޅުންތަކަކަށްފަހު، މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 16 އަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިއެވެ.

ގަދަ 16 ހޮވުމަށް ބޭއްވި ތިއޭޓަރ ރައުންޑުގެ ފަހު ޝޯވ މިރޭ ޓީ.ވީ.އެމުން ވަނީ ދައްކާފައެވެ.

މިރޭގެ ޝޯވގައި ތިއޭޓަރ ރައުންޑްގެ 2 ވަނަ ބުރަށް ދިޔަ 24 ބައިވެރިން އައިޑަލް ބޭންޑްގެ ލައިވް މިއުޒިކާއެކު، ސޯލޯ ޕަރފޯމަންސްތަކެއް ހުށައަޅާދީފައިވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިންގެ މެދުގައި ކުރިއަށްދިޔަ ތިއޭޓަރ ރައުންޑުގެ ފުރަތަމަ ބުރުން، 20 ބައިވެރިއަކު ރޭގެ ޝޯވއިން ވަނީ ވަކިވެފައެވެ. އަދި 2 ވަނަ ބުރަށް ދަތުރުކުރި 24 ބައިވެރިންގެ ތެރެއިން މިރޭގެ ޝޯވއިން 8 ބައިވެރިއަކަށް އައިޑަލްގެ ދެން އޮތް ރައުންޑަށް ދަތުރު ކުރެވޭގޮތް ވަނީ ނުވެފައެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ 16 އަށް ހޮވުނު ބައިވެރިންނަކީ:

- އަޙްމަދު ނަބީލް މުޙައްމަދު / ކ. މާލެ

- ޙަމްދޫން އަޙްމަދު / ކ. މާލެ

- ޙަސަން އިރުފާން / ކ. މާލެ

- އަޙްމަދު ފަރާޝް / ފުވައްމުލައް ސިޓީ

- އައިޝަތު ޖައިޝާ ވަޙީދު / ސ. ހުޅުދޫ

- މުޙައްމަދު ރައިޙާން / ކ. މާލެ

- އަޙްމަދު ނާއިޝް ނިޔާޒް / ކ. މާލެ

- މުޙައްމަދު ހަމްދާން / ރ. މީދޫ

- ޢަބްދުﷲ ހިޝާން / ތ. މަޑިފުށި

- އަޙްމަދު ސައްޔާޙް / ކ. ގުޅި

- ޝަޒާ ޢަބްދުﷲ ރަޝީދު / ރ. އަލިފުށި

- ޝަނީޒާ ޝަރީފް / އދ. މާމިގިލި

- މުޙައްމަދު ތަސްނީމު / ކ. މާފުށި

- ޝަމްވީލު މުޙައްމަދު / ކ. މާލެ

- ޢިބްރާހީމް ވަޙީދު އުސްމާން / ށ. ކޮމަންޑޫ

- ޙުސެއިން ސަމާޙް / ކ. މާލެ



މިރޭގެ ޝޯވއިން ޕިއާނޯ ރައުންޑަށް ދަތުރުނުކުރެވި މުުބާރާތުން ވަކިވާންޖެހުނު 8 ބައިވެރިންނަކީ:

- މުޙައްމަދު ޢިބްރާހީމް / ލ. ގަން

- އަޙްމަދު ސަމާޙް / ރ. މަޑުއްވަރި

- ޢައިމިނަތު އަލްޔާ ސަޢީދު / ގދ. ގައްދޫ

- ޢައިޝަތު އަޒަލް ޢަލީ ޒާޙިރު / ސ. ފޭދޫ

- ނާޢީލް ޝަރީފް / ގއ. މާމެންދޫ 

- ނިޝްފާ މުސްތަފާ / ހދ. ކުމުންދޫ

- ޙުސެއިން އަޢުޝަމް ސަޢީދު / ބ. އޭދަފުށި

- ޢިބްރާޙީމް ޝަމްވީލު / ކ. މާފުށި



މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ ތިއޭޓަރ ރައުންޑް ޝޫޓްކޮށްފައިވަނީ އއ. މަތިވެރީގެ އިތުރުން އެރަށް ކައިރީގައި އޮންނަ ފިނޮޅެއްގައެވެ. ތިއޭޓަރ ރައުންޑްގެ ފަހު ޝޯވއާއެކު މިހާރު މިވަނީ މޯލްޑިވިއަން އައިޑަލްގެ 2 ވަނަ ސީޒަންގެ ގަދަ 16 ގައި ވާދަކުރާނެ ބައިވެރިން ޔަޤީންވެފައެވެ. މި ރައުންޑްވެފައިވަނީ މިޝޯވގެ ބައިވެރިންގެ ފަރާތުން ވާދަވެރިކަމުގެ ކުލަވަރުތަކުން ފުރިގެންވާ ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދިޔަ ރައުންޑަކަށެވެ. އަދި މީގެ ތެރެއިން ބެލުންތެރިން ސަޕޯޓްކުރާނެ ބައިވެރިއެއް ކަނޑައެޅުމަށް ލިބިގެންދިޔަ ފުރުޞަތަކަށެވެ. 

ފްރެމެންޓަލް މީޑިއާގެ ފަންނީ އެހީތެރިކަމާއެކު ޕީ.އެސް.އެމުން ކުރިއަށްގެންދާ މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފަންނާނުންނާއި، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބަކާއި މަޤުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.