ވިޔަފާރި

އިކޮނޮމިކް މިނިސްޓްރީން އުރީދޫއާއެކު ވޯކިންގގްރޫޕް އެއްބަސްވުމެއް


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ މުވައްޒަފުންނަށް އުރީދޫ މޯލްޑިވްސްގެ ނެޓްވޯކުގެ ތެރެއިން ހިލޭ ގުޅޭ ވޯކިންގ ގްރޫޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ހުރިހާ މުއައްޒަފުންނަށް މުއައްޒަފުންގެ ނަންބަރުތަކަށް ހިލޭ ގުޅާ އެސްއެމްއެސް ކުރެވޭނެއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވިދާޅުވީ އުރީދޫއާއެކު ވި ވޯކިންގ ގްރޫޕް އެއްބަސްވުމަކީ އިކޮނޮމިކް މިނިސްޓްރީގެ މުއައްޒަފުންގެ މެދުގައި ހަރުދަނާ މުއާޞަަލާތީ ޚިދުމަތެއް ޤާއިމްކުރުމަށް ވި އެއްބަސްވުމެއް ކަމަށެވެ. މިއެއްބަސްވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ 80 އަށްވުރެ ގިނަ މުއައްޒަފުންނާއި އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ 150 އަށްވުރެ ގިނަ މުއައްޒަފުންގެ މެދުގައި ކުރާ މުޢާމަލާތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމާއެކު މުއާސަލާތީ ޚިދުމަތަށް އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން ކުރަމުން އަންނަ ޚަރަދަށް ބޮޑު ލުޔެއް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސް ވިދާޅުވިއެވެ. އަނީސް ވިދާޅުވީ މިއާއެކު އާންމު ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ކައިރިން އަވަހަށް ދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. img:http://s3.psmnews.mv/images/660x400/14851672742807.jpg|އިކޮނޮމިކް މިނިސްޓްރީން އޫރީދޫއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

"ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ލުޔެއް މިއީ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ގޮފިތަކުން ވަގުތުން ވަގުތަށް މުޢާމަލާތު ކުރުމުގެ މަގު މިހާރު ފަހިވެގެން މިދިޔައީ" އަނީސް ވިދާޅުވިއެވެ.

އުރީދޫން ބުނީ މި ވޯކިންގ ގްރޫޕާއެކު ސްމާޓް އޮފީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަގު އޮފީސްތަކަށް ފަހިވެގެން ގޮސްފިކަމުގައިއެވެ. އެގޮތުން އޮފީސް މޭޒުމަތީގައި ހުންނަ ފޯންތަކުގެ ބަދަލުގައި ޒަމާނި ވަސީލަތްތަކުން މުއާމަލާތް ކުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށް އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވިއެވެ.

"ސްމާޓް އޮފީހެއްގެ ގޮތުގައި މި ވޯކިންގ ގްރޫޕް ބޭނުންކުރެވޭނެ. މި ވޯކިންގ ގްރޫޮޕަށް އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން." ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކޮށް ހިންގަމުން އަންނަ މި ވޯކިންގ ގްރޫޕްގައި އުރީދޫއާއެކު މަސައްކަތް ކުރުމަށް މިހާތަނަށް 100 އަށްވުރެ ގިނަ އޮފީހުން ސޮއިކޮށްފައިވެއެވެ.