ޚަބަރު

ހުވަދޫ ކަނޑުން ފެނިފައިވަނީ ސުޕަރ ޔޮޓެއް - އެމްއެންޑީއެފް


ހުވަދޫ ކަނޑުން ސަބްމެރިނެއް ފެނިގެން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ޤައުމީ ދިފާޢީ ބާރުން ދޮގުކުރައްވައިފިއެވެ.

މިކަމާބެހޭގޮތުން ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ރާއްޖެ ސަރަޙައްދުން ސަބްމެރިނެއް ފެނުނު ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން މިކަމުގެ ހަޤީގަތް ބެލުމަށް ކުރި މަސައްކަތުން މި އުޅަނދަކީ ޤަވާއިދުން ހުއްދަ ލިބިގެން ރާއްޖެ އައިސްފައިވާ ސުޕަރ ޔޮޓެއްކަން އެނގިފައިވާކަމަށެވެ.