ވިޔަފާރި

ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ލައިސަންސް ފީ މިމަހުގެ ނިޔަލަށް


ރާއްޖޭގައި ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން މިއަހަރުގެ ލައިސަންސް ފީ މި ޖެނުއަރީ މަސް ނިމުމިގެ ކުރިން އެ ފައިސާ ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން އަންގަވައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކުންވެސް މި ހިނގާ ޖެނުއަރީ 31 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށް އެފަރާތްތަކަށް މިހާރު އަންގަވާފައި ވާނެކަމަށެވެ. ބޭރު ފައިސާގެ ވިޔަފާރި ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުން ލައިސަންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަންޖެހެނީ 1200 ރުފިޔާއެވެ.

އެމްއެމްއޭއިން ވިދާޅުވީ 2016 ވަނަ އަހަރުގެ ނިޔަލަށް ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ހުއްދަ 478 ފަރާތަކަށް ދީފައިވާ ކަމަށެވެ. މިހާތަނަށް ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް ލައިސަންސް ފީ ދައްކަން އޮންނަ މުއްދަތުގެ ތެރޭގައި ފީ ދައްކަމުން އަންނަކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.