މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 251 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކުރައްވައިފިއެވެ.
މިއީ ނޮވެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީގެ %1.9އެވެ. މި 51 މިލިއަން ރުފިޔާގެ ތެރޭގައި ބޭރުފައިސާގެ ގޮތުގައި ލިބުނު 8 މިލިއަން ޑޮލަރާ ރުފިޔާގެ ގޮތުގައި ލިބުނު 113 މިލިއަން ރުފިޔާ ހިމެނެއެވެ.
މީރާގެ ތަފާސް ހިސާބު ދައްކާގޮތުން ހަމަ އެކަނި ނޮވެމްބަރުމަހު އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 15 މިލިއަންވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖޫރިމަނާ ފީގެ ގޮތުގައި 246 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ޖޫރިމަނާގެ ފީގެ ގޮތުގައި ލިބިފައިވާ 251 މިލިއަން ރުފިޔާއަކީ ކުރީ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ލިބުނު އަދަދާ އަޅާބަލާއިރު ހަތަރު މިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ.
މިދިޔަ ނޮވެމްބަރުމަހު ދައުލަތަކުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ދައުލަތަށް 1.01 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ މަހު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެއްވި އާމްދަނީއަށްވުރެ %29 އިތުރު ޢަދަދެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު މީރާ މެދުވެރިވަޑައިގެން ދައުލަތަށް 1.01 ބިލިއަން ރުފިޔާގެ އާމްދަނީ އިތުރުވެފައިވަނީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މި ޓެކްސްތަކަކީ މިއަހަރު އަލަށް ނަންގަވަން ފެއްޓެވި ޓެކްސްތަކެކެވެ. މިދިޔަމަހު ދައުލަތަށް ލިބުނު ޢާމްދަނީ 1 ބިލައަނަށްވުރެ އިތުރުވެފައިވާއިރު މިޢަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު %21 އިތުރު އަދަދެކެވެ.