ޑިޖިޓަލް ޤައުމެއް ބިނާކޮށް، ޑިޖިޓަލް އިޤްތިޞާދަކާއި ރައްޔިތުން ގުޅުވާލަދިނުމަކީ މިސަރުކާރުގެ އަމާޒެއްކަމުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް އިފްތިތާޙް ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުރީދޫ މޯލްޑިވްސްގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް އިފްތިތާޙް ކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހްމަދު ޒުހޫރާއި ހުއާވޭގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިން. އުރީދޫ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާކަހަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ އިޤްތިސާދީ އެޖެންޑާ ކާމިޔާބު ކުރުމުގައި އުރީދޫގެ ބައިވެރިވުން ރާއްޖެއަށް ވަރަށް ބޮޑުކަމަށެވެ. އަދި މިއަދުގެ މުޖުތަމަޢުގައި އިންޓަރނެޓަކީ ޒަރޫރީ ބޭނުމަކަށްވެފައިވާ ކަމަށާ، އެހެންކަމުން އުރީދޫން މުޅި ރާއްޖެ ޑިޖިޓަލްކޮށް ގުޅާލުމަށް ފެށި މި މަޝްރުޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14818200018215.jpg|އޫރިދޫ ސަބްމެރިން ކޭބަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
މީގެއިތުރުން އިގްތިޞާދީ އަދި އުމްރާނީ ތަރައްޤީގައި އުރީދޫ އަކީ ނަމޫނާ ކުންފުންޏެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ރާއްޖޭގެ ވިޔަފާރި އާއި އިޤްތިސާދުގައި އުރީދޫގެ ދައުރު ވަރަށް މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗެއަރމަން ޚާލިދު އަލްމަޙްމޫދު ވިދާޅުވީ ނޮލެޖް ބޭސްޑް ޑިޖިޓަލް އިކޮނޮމީއެއް އުރީދޫގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލްއާއިއެކު އުފެދިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ބޭނުންވާ ގޮތަށް އެންމެ އާދައިގެ މީހާގެ ދިރިއުޅުންވެސް ޓެކްނޮލޮޖީގެ ދާއިރާއިން ތަރައްޤީވެގެން ދިއުމަކީ އުރީދޫ މޯލްޑިވްސްގެ ވެސް އަމާޒުކަމުގައި އޭނާ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14818200364274.jpg|އޫރިދޫ ސަބްމެރިން ކޭބަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އޫރިދޫ ސީއީއޯ ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
އަންނަ ޖެނުއަރީ މަހުގެތެރޭގައި މުޅި ރާއްޖެއަށް ފޯޖީ އެލްޓީއީ ސާވިސް ފޯރުކޮށްދޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ އެންމެ ކުޑަ އާބާދީ އޮންނަ ރަށަށްވެސް އުރީދޫގެ ޚިދުމަތް އެންމެ ކޮލެޓީ ފެންވަރުގައި ލިބޭނެކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމަ ސިންހާ ވިދާޅުވިއެވެ.
އުރީދޫއިން ސަބްމެރިން ކޭބަލް އަޅަނީ ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދިވެރިކޮށެވެ. އެގޮތުން 1200 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިގެންދާ ގޮތަށް އަޅާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރަށް އިތުރު ކުރިއެރުތައް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ވަނީ އައްޑޫ، ހިތަދޫގައި ބަހައްޓާފައިވާ ކޭބަލް ލޭންޑިންގް ސްޓޭޝަންއާ އެ ކޭބަލް ގުޅާލާފައެވެ. އަދި މިހާރުވަނީ މި ކޭބަލް ތިނަދޫ ކޭބަލް ލޭންޑިގް ސްޓޭޝަނާވެސް ގުޅާލާފައެވެ.