ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޒިހާން ހަސަން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން ކަމަށެވެ.
ދައުލަތުގެ 3 ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށްފަހު، ވަހުން ވަނީ އެ ޕޯސްޓް ޑިލިޓްކޮށްފައެވެ.