ޚަބަރު

މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ މެޑިކަލް ޕާރޓްނަރަކަށް އޭޑީކޭ


މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ މެޑިކަލް ޕާރޓްނަރެއްގެ ގޮތުގައި އޭޑިކޭ ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްއިން ވަނީ އޭޑީކޭ ހޮސްޕިޓަލާއެކު މިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕީއެއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުއެވެ. އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލްއެވެ. img:http://s1.psmnews.mv/images/660x400/14791189434265.jpg|މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ މެޑިކަލް ޕާރޓްނަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖެއްސުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ވިދާޅުވީ ފުރަތަމަ މޯލްޑިވިއަން އައިޑޮލްގައި މެޑިކަލް ޕާރޓްނާރެއް ނެތްނަމަވެސް މިއީ ދިގު މުއްދަތަކަށް ކުރިއަށްދާ މުބާރާތަކަށް ވުމާއެކު މިފަދަ މުބާރާތެއްގައި މެޑިކަލް ޕާރޓްނަރެއްގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14791189988642.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މަނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދޭ ތަނެއް ނޫން ކަމަށާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޢިޖުތިމާޢީ އެކި ޙަރަކާތްތަކަށްވެސް އޭޑީކޭ ހޮސްޕިޓަލުން އެއްބާރުލުންދޭ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14791190742393.jpg|އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލު - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

މިގޮތުން މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އައްފާލް ވިދާޅުވިއެވެ.