ޚަބަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: 3 ވަނަ ފިޔަވަހި ފަށައިފި


  • މަގުގެ ގާ ނަގައި، ދުވާރު ނެގުމުގެ މަސައްކަތްވެސް ވަނީ ފަށާފައި

  • މަގު ހެދުމުގެ މަސައްކަތް މި ހަފުތާގައި ފެށޭނެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުންނެވެ. އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން، މިހާރު މަގުގައި ގާތަކާއި، ދުވާރު ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަގުގެ ހެދުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ސަބަބުން، މާޅޭގެ ދިރިއުޅޭ ފަރާތްތަކަށް އޮމާން ފަސޭހަ މަގުތަކެއް ލިބި ދަތުރުފަތުރުކުރުމުގައި ލުއިވާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މީގެ އިތުރުން، މިއީ މާލެއަކީ އިތުރަށް ގުޅާލެވިފައިވާ އަދި ފަސޭހައިން ވާސިލުވެވޭނެ ސިޓީއަކަށް ހެދުމަށްވެސް އެހީތެރިވެދޭނެ މަޝްރޫޢުއެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރުޢޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ވަނީ ތަރައްޤީކޮށްފައެވެ. އަދި އޭގެ ފަހުން ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާއި ހަމައަށް މަގު ފުޅާކޮށް ތަރައްޤީކޮށްފައިވެއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން މިހާރު މަގުގެ ނުހެދި އޮތް ބައިތައް ތަރައްޤީކުރާނެއެވެ.