ޚަބަރު

"އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނާމެދު ކުރެވެނީ ފޮނި އުއްމީދުތަކެއް"


  • ކުރިމަގު އުޖާލާވާނެ ފަދަ ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި

  • އޭ ލެވެލް އިމްތިޙާނު އޮކްޓޫބަރު 30 ހާ ހަމައަށް ކުރިއަށްދާނެ

މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ކިބައިން ޤައުމުކުރަނީ ވަރަށް ފޮނި އުއްމީދުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާވަނީ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މިއަދު ފަށާ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައިވަނީ މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވާ، ތޫނުފިލިކަން އިތުރުކުރައްވާ ޖަވާބުދިނުން ފަސޭހަކޮށްދެއްވުން އެދިވަޑައިގަންނަވާފައެވެ. އަދި އިމްތިޙާނުގައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ ކިބައިންވެސް ޤައުމުކުރަނީ ވަރަށް ފޮނު އުއްމީދުތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކުދިންގެ ބެލެނިވެރިންނާ މުދައްރިސުން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ހޯދާ އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކުރާނެކަމަށް އުއްމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.


މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.