ޚަބަރު

އޭޝިއަން ގޭމްސް: ބީޗްވޮލީ އަންހެން ޓީމު ފަހު މެޗުން މޮޅުވެއްޖެ


  • އަރީޝާއާއި އަނާލް މޮންގޯލިއާ ބަލިކުރީ ސީދާ 2 ސެޓުން

  • މެޗުގެ ސެޓުތައް ދިޔައީ 21-14، 21-15

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ބީޗްވޮލީ ބޯޅަ ޓީމު ކުޅުނު ފަހުމެޗުން މޮޅުވެއްޖެއެވެ.
 
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގައި ދިވެހި އަންހެން ޕެއާ އާމިނަތު އަރީޝާއާއި ފާތުމަތު އަނާލް ވާދަކުރީ މޮންގޯލިއާގެ ސޮލްމޯން ބަޓްޖަރްގަލް އަދި ހަންޑްސުރެންގަންޓޮގްޓޮކްގެ ޕެއާއާއިއެވެ.
 
އަރީޝާއާއި އަނާލް މެޗު ކާމިޔާބުކުރީ ސީދާ 2 ސެޓުންނެވެ. ދިވެހި ޓީމުގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތައް ނެގީ 21-14, 21-15 އިންނެވެ.
 
ބީޗްވޮލީ އަންހެން ޓީމު އެއް މޮޅާއެކު އޭޝިއަންގޭމްސް ނިންމާލިއިރު ބީޗްވޮލީ ފިރިހެންޓީމަށް މި ގޭމްސްގައި މެޗެއް ކާމިޔާބުކުރެވިފައި ނުވެއެވެ. ބީޗްވޮލީ ޓީމު އަނބުރާ ރާއްޖެދާނީ އަންނަމަހު 5ގައެވެ.