މިއަދު މެންދުރު މާލޭގެ ބައެއް ސަރަހައްދުތަކަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ކަރަންޓު ކެނޑިފައިވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. ސްޓެލްކޯއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށްއެދެން.
— STELCO (@STELCOMALDIVES) September 16, 2026
ސްޓެލްކޯއިން ވިދާޅުވީ މައްސަލަ ހައްލުކޮށް މާލޭގެ ހުރިހާ ފީޑަރުތައް އަލުން ޖައްސައި ޚިދުމަތް މެދުކެނޑިފައި ހުރި ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދެމުންދާކަމަށެވެ. މާލޭގައި ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނާއި، ގަލޮޅާއި، ހެންވޭރުގެ ބޮޑުބައެއް ހިމެނެއެވެ.