ޚަބަރު

އޭޝިއަން ގޭމްސްއަކީ ކުޅިވަރުތަކުގެ ފެންވަރު މިނެކިރާލަން ލިބޭ ފުރުސަތެއް: ތަމޫހް


  • މި ފަހަަރުގެ މުބާރާތުގައި ހަތް ކުޅިވަރަކުން ވާދަކުރާނެ

  • އެސޯސިއޭޝަންތަކުން މުބާރާތައް ފުރިހަމައަށް ތައްޔާރުވި

މި މަހު ޖަޕާނުގައި ފަށާ، އޭޝިއަން ގޭމްސްއަކީ ކުޅިވަރުތަކުގެ ފެންވަރު މިނެކިރާލަން ލިބޭ ފުރުސަތެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބައެއް ކުޅިވަރުތަކުގެ އެތުލީޓުންނާ އޮފިޝަލުން މިހާރު ވަނީ ޖަޕާނަށް ގޮސްފައެވެ. އޭގެ ތެރޭގައި ސާފިން، ޓޭބަލް ޓެނިސް، ޝޫޓިން އަދި ބީޗް ވޮލީބޯލް ހިމެނެއެވެ.

ގޭމްސްގެ ކުރިން އެމްއޯސީގެ އޮފިޝަލުން ވަނީ ޖަޕާނަށް ގޮސް ރާއްޖޭގެ އެތުލީޓުންގެ އެކޮމަޑޭޝަން، އަދި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިފައެވެ. ތަމޫހް ވިދާޅުވީ، ރާއްޖޭގެ އެތުލީޓުންގެ އެކޮމަޑޭޝަންގައި ވެސް ކުދިކުދި މައްސަލަ އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ގޭމްސް ހިންގާ ފަރާތްތަކާއެކު އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަމޫހް ވިދާޅުވީ، ރާއްޖެއިން އޭޝިއަން ގޭމްސްގައި ވާދަކުރާއިރު، މިއީ ކުރިއަށް ހުރި ގޭމްސްތަކަށް ރާއްޖެއިން ނުކުންނައިރު، ކުޅިވަރުތަކުން ހޯދަމުން އަންނަ ކާމިޔާބީއާ ކުޅިވަރުތަކުގެ ލެވަލް މިނެކިރާލަން ލިބޭ ފުރުސަތެއް ކަމަށެވެ.

ތަމޫހް ވިދާޅުވީ، މި ފަހަރުގެ ގޭމްސްއަށް ކުޅިވަރު އެސޯސިއޭޝަންތަކުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބައެއް ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ސާފިން ޓީމުން ޖަޕާނުގައި ކޮމްޕެޓިޝަން ވެނިއުގައި މިހާރުވެސް ތަމްރީނު ހަދަމުން އަންނަކަން ތަމޫހް ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ ސްވިމިންގް، ބީޗް ވޮލީބޯލް، ޝޫޓިން، ޓޭބަލް ޓެނިސް، ސާފިން، ބެޑްމިންޓަން އަދި އެތުލެޓިކްސްއިންނެވެ.

މި ގޭމްސްގެ މީޑިއާ ޓީމުގެ މެނޭޖަރަކީ ޕީއެސްއެމް ނިއުސްގެ މެނޭޖަރ ޓެކްނިކަލް އޮޕަރޭޝަން ޢަލީ އާދަމެވެ.