ކުޅިވަރު

ހާމޭސް ރޮޑްރިގޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


ކޮލޮމްބިއާގެ ފޯވަޑް ހާމޭސް ރޮޑރިގޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޖުމުލަ 15 އަހަރު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔާ ގިނަ ބަޔަކު ދަންނަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލްކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

"އަހަރެން މިދަނީ ހިތްހަމަ ޖެހުމާއެކު. ސަބަބަކީ އަހަރެންނަށް އެނގޭ އަހަރެން ގައުމީ ޓީމަށް އަގުހުރި ހިދުމަތްތަކެއް ކޮށްފިކަން،" ހާމޭސް ބުންޏެވެ.

ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕާ ހިސާބަށް ގައުމީ ޓީމުގެ ހިދުމަތުގައި ހުރި ކުޅުންތެރިޔާ އަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ މުބާރާތުން ވިދާލައި ސްޕޭނުގެ ރެއާލް މެޑްރިޑަށް އޭނާ ގެންދިޔަ ނަމަވެސް ފަހުން ކުޅުނީ ކޮންމެ އަހަރަކަޔ ކުލަބެއްގައި ކަހަލަ ގޮތަކަށެވެ. މިދިޔަ ހަފުތާގައި އޭނާ ވަނީ ކޮލޮމްބިއާގެ އެތްލެޓކޯ ނެސަނިއްލަ އަށް ސޮއިކޮށްފަ އެވެ.

އުމުރުން މިހާރު 35 އަހަރުގެ ހާމޭސް ވަނީ ގައުމީ ޓީމަށް 15 އަހަރުން ގައުމީ ޓީމަށް 131 މެޗު ކުޅެދީ 31 ގޯލު ޖަހައިފަ އެވެ.