ޚަބަރު

ހަދަމުންދިޔަ ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ


  • ވެއްޓިފައިވަނީ ގާތްގަނޑަކަށް 25 ފޫޓު މަތިން

  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމީހަށް ދަނީ ފަރުވާ ދެމުން

  • އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން

ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 15:58 ހާއިރުކަމަށެވެ.

އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 25 ފޫޓު މަތިންނެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމީހާއަށް ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވެއެވެ. އިތުރު މެޑިކަލް ޓެސްޓުތަކުން އެމީހާގެ އުނަގަނޑަށް އަނިޔާވެފައިވާކަމަށް ފާހަގަކުރެވިފައިވާތީ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ހޮސްޕިޓަލުން މިރޭ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.