ފާއިތުވި ސީޒަންގައި ރެއާލް މެޑްރިޑާއެކު ކްލަބް ކާމިޔާބީއެއް ނުހޯދުނަސް ބެލޮންޑިއޯ އަށް އުއްމީދުކުރާކަން ފްރާންސް ކެޕްޓަން ކީލިއަން އެމްބަޕޭ ހާމަކޮށްފިއެވެ. ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ އެމްބާޕޭ ގަބޫލުކުރަނީ އެވޯޑު ހައްގު ވާވަރުގެ ކުޅުމެއް އޭނާ ފާއިތުވި ސީޒަންގައި ދެއްކި ކަމަށެވެ.
އެމްބާޕޭ ބުނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ފީފާއިން ދޭ ބެލޮންޑިއޯ މިއަހަރު ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށާއި, އެ އެވޯޑަށް އުއްމީދު ކުރާ ކަމަށެވެ.
"މީހުން ބުނޭ އަހަންނަށް ކްލަބާއި ގައުމީ ޓީމްގައި ކާމިޔާބީއެއް ނުހޯދެއޭ. އެކަމަކު އެއެވޯޑަކީ 'އިންޑިވިޖުއަލް' އެވޯޑެއް. ވޯޓްގެ %100 ލިބުނަސް ކޮންމެސް ބަޔަކު ތިބޭނެ އެމީހަކަށް އެއެވޯޑް ހައްގުކަމަށް ގަބޫލުނުކުރާ.ކީލިއަން އެމްބާޕޭ
ރެއާލްގައި މިދިޔަ ސީޒަން އެމްބާޕޭ ނިންމާލީ ތަށްޓެއް އުފުލާނުލެވިއެވެ. ވޯލްޑްކަޕްގައި މޮޅަށް ކުޅުނު ނަމަވެސް ސެމީފައިނަލްގައި މުބާރާތުގެ ޗެމްޕިއަން ސްޕެއިން އަތުން ފްރާންސް ބަލިވީއެވެ. އެކަމަކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 15 ގޯލް އަދި ލަލީގާގައި 25 ގޯލް ޖަހާފައެވެ. ވޯލްޑް ކަޕްގެ ރަންބޫޓްވެސް ހޯދިއެވެ. ވޯލްޑްކަޕްގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު 22 އަށް އިތުރުކޮށް, އެމުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީވެސް އެމްބާޕޭއެވެ.
އެމްބާޕޭ ބުނީ ބެލޮންޑިއޯ ދެނީ ތަފާތު ދައްކާ ކުޅުންތެރިއަކަށް ކަމަށާއި, އޭނާ މިދިޔަ ސީޒަންގައި ތަފާތު ދެއްކި ކަމަށެވެ. އެހެންކަމުން އެވޯޑް ހައްގު ކަމަށް ގަބާލުކުރާ ކަމަށް އެމްބާޕޭ ބުންޏެވެ.