ޚަބަރު

ށ.ކަނޑިތީމު ޖެޓީގެ މަސައްކަތް ނިންމާލައިފި


ށ. ކަނޑިތީމު ފަޅުފުން ކުރުމުގެ މަޝްރޫޢުގެ ތެރެއިން ޖެޓީ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް އަލީ ރިފާޒު ވިދާޅުވީ ކަނޑިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖެޓީގެ މަސައްކަތް ނިންމާ، ބަނދަރުގެ ކަނޑިންމަ ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން މިމަޝްރޫޢުގެ ދަށުން މިހާރު ކަނޑިންމައިގައި ހުރި ފަންސާސް ފޫޓްގެ އިތުރަށް ތިރީސް ފޫޓް އިތުރުކޮށް ކަނޑިންމަ ބޮޑުކުރެވިގެންދާނެކަމަށް އަލީ ރިފާޒް ވިދާޅުވިއެވެ.

މިއާއެކު ބޭރު ތޮށީގައި ހިލަޖެހުމާއި ޕޭވްމަންޓް ގަލާއި ލައިޓް ޕޯސްޓްތަކާއި ފަޅުގައި ބަހައްޓާ ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް މިމަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކަނޑިތީމު ބަނދަރަކީ ހަތްސަތޭކަ ފަނަރަ ފޫޓް އަދި ފުޅާމިނުގައި ދުއިސައްތަ ނުވަދިހަ ހަތް ފޫޓް ބަނދަރެކެވެ.