ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފިއެވެ.
ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައު އެތަށް ޚިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ފެށި މި ތާރީޚީ ދަތުރަކީ، އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި މި ދަތުރަކީ އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބޭއްވި ފްލައިޓެކެވެ.
ފުރަތަމަ ފްލައިޓްގައި ކުޑަކުދިން ހިމެނޭހެން 260 މީހުން ވަނީ އުމްރާއަށް ފުރާފައެވެ. އަދި އުމްރާވެރިންނަށް މޯލްޑިވިއަންއިން ވަނީ ހާއްސަ ހަދިޔާއެއްވެސް ދީފައެވެ. މޯލްޑިވިއަންއިން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކަމަކީ ވަރަށް ތާރީޚީ ކަމެއްކަމެއްކަމަށެވެ. އަދި ދެކުނު އަތޮޅުން އުމްރާ ދިޔުން ފަދަ ދަތުރުތައް ފެށިގެން ދިޔުމަކީ ސަރަހައްދީ ގޮތުން ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހަކެއްކަމަށެވެ. މޯލްޑިވިއަންއިން ވިދާޅުވީ މީ ފެށުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ ދަތުރުތައް ބޭއްވިގެން ދާނެކަމަށެވެ.
Passengers being boarded for the inaugural Gan – Jeddah flight.
— MaldivianAero (@MaldivianAero) July 12, 2026
Today marks more than the launch of a new route, it represents stronger connectivity, greater opportunities and another proud milestone for Maldivian.
We wish all pilgrims a safe travels and a successful Umrah.… pic.twitter.com/XAadmnHNo0
ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ އުމްރާވެރިން ދަތުރު ކުރިއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ، އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު ވަނީ، ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ތުއްތު ކުދިންނާއެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއާލައިނުންވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ފަށާފައިވެއެވެ