ޚަބަރު

ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ވަގުތީ ނިންމެވުމަކަށް ވާނެކަމަށް


ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަގުތީ ނިންމެވުމަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އެޖަޢިއްޔާއިން ހާމަކޮށްފިއެވެ. 

ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވީ ކޮމަންވެލްތަކީ މެމްބަރު ޤައުމުތަކުގެ ތަރައްޤީއާއި ކުރިއެރުމާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީ ހަރުދާނާ ކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ތާނގައިވެސް އެ ޖަމްޢިއްޔާއިން ކުދި ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކާއެކުވެސް މިގޮތުގެމަތިން ގުޅުން ބަދަހިކޮށް، އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.