ޚަބަރު

ޑޮލަރު ކާޑުން ވިޔަފާރިކޮށްގެން ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް


  • ޕްރޮމޯޝަން 30 ޖުލައިގެ ނިޔަލަށް ކުރިއަށް ދާނެ

ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ފަށައިފިއެވެ. ޕްރޮމޯޝަން 30 ޖުލައިގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މި ގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.