ޚަބަރު

މެސީގެ މޮޅު ކުޅުމާއިއެކު މަޔާމީގެ އައު ސްޓޭޑިއަމްގައި ފުރަތަމަ މޮޅު


އެމެރިކާގެ މޭޖަރ ލީގުގައި އިންޓަރ މަޔާމީގެ އައު ސްޓޭޑިއަމްގައި އެ ޓީމު ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ޕޯޓްލަންޑް ޓިމްބަރސް އާއި ދެކޮޅަށް ކުޅުނު މި މެޗުން އިންޓަރ މަޔާމީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އިންޓަރ މަޔާމީ އަށް މި މެޗުގައި ލީޑު ނަގައިދީފައިވަނީ މެޗުގެ 31 ވަނަ މިނިޓުގައި އަށް ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ލިއޮނެލް މެސީ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް މެސީ ދިން ޕާހަކުން ޖެމޭން ބަރޓެރާމޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު އިންޓަރ މަޔާމީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ނޭޝްވިލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނި 30 ޕޮއިންޓެވެ.