"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ގައި ، 0-4 ގެ ނަތީޖާއަކުން ޢަރަބިއްޔާ ސްކޫލްގެ މައްޗަށް، ޞަލާޙުއްދީން ސްކޫލުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިއަދު ހަވީރު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މެޗު ފަށައިގެން، ޞަލާޙުއްދީން ސްކޫލުގެ ފަރާތުން އެޓޭކިންގ، މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެ ޓީމުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި 2 ގޯލު ޖަހާފައެވެ.\
ޞަލާޙުއްދީން ސްކޫލުން މެޗުގެ ލީޑު ނަގާފައި ވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މިއީ އެ ސްކޫލުގެ ހާފު ތެރެއިން ފޮނުވާލި ބޯޅައެއް ސާފުކޮށްލުމުގެ ތެރޭގައި ޢަރަބިއްޔާ ސްކޫލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ ދެވަނަ ގޯލަކީވެސް ފުރަތަމަ ގޯލާ ދާދި އެއްގޮތަކަށް، މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ޢަރަބިއްޔާ ސްކޫލުގެ ފަހަތަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ވަނީ ހަދާފައެވެ. ދެވަނަ ހާފުގެ 6 ވަނަ މިނެޓުގައި ޞަލާޙުއްދީންގެ 3 ވަނަ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ އެންމެ ފަހަތުގައި ހުރި ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޢަރަބިއްޔާ ސްކޫލުގެ ފަހު ގޯލު ކާމިޔާބުކޮށްފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ.
މި ނަތީޖާއާއެކު، ޞަލާޙުއްދީން ވަނީ ގްރޫޕް 6ގެ އެއްވަނައަށް ޖެހިލާފައެވެ. ފައިދާ ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ގުރައިދޫ ސްކޫލެވެ.