ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗެއްގައި، 0-2 ގެ ނަތީޖާއަކުން ކެޔޮދޫ ސްކޫލުން ހުރަވީ ސްކޫލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ކެޔޮދޫ ސްކޫލުން ވަނީ މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު އެއްލުމަކުން އަވަސް ހަމަލާއެއް އުފައްދާ، ލީޑު ނަގާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މި ގޯލާއެކު މެޗުގެ ބޮޑުބައި 0-1 ގެ ނަތީޖާއެއްގައި ނިމިދިޔަ ނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި، މޮޅު ކުޅުމެއް ފެނިފައެވެ. ކެޔޮދޫއިން މެޗުގެ ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ.
މުބާރާތުގެ އެހެން މެޗުތަކާ އެއްގޮތަށް، މިމެޗުވެސް ފާހަގަވެގެން ގޮސްފައިވަނީ އަނިޔާގެ މައްސަލަ ގިނަ މެޗެއްގެ ގޮތުގައެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު އޮންނަ މެޗުތަކުގައި ބައްދަލުކުރާނީ ކެޔޮދޫ ސްކޫލާއި މާފުށީ ސްކޫލް އަދި ހިރިޔާ ސްކޫލް އަދި ރެހެންދި ސްކޫލެވެ.